News
ސްމާރޓް ކްލާސްރޫމް ޕްރޮޖެކްޓް ރަސްމީކޮށް ހުޅުވުން ނޮވެމްބަރ 1 ގައ
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ކްލާސްރޫމަކީ ސްމާރޓްކްލާސްރޫމް ތަކަކަށް ބަދަލުކުރުމަށް ސްކޫލްބޯރޑާއި، ޕީ.ޓީ.އޭ އާއި މީދޫގެ ރައްޔަތުއެންމެން ކުރިއަށްގެންދިޔަ ސްމާރޓްކުލާސްރޫމް ޕްރޮޖެކްޓް ރަސްމީކޮށްހުޅުވުން ނޮވެމްބަރ 1 ގައި އޮންނާނެއެވެ. މިޕްރޮޖެކްޓްގެ ދަށުން މަރުކަޒުގެ ހުރިހާކުލާސްރޫމެއްގައި މަލްޓިމީޑިއާ ޕްރޮޖެކްޓަރ ހަރުކޮށް މުދައްރިސުން ތަމްރީނުކުރެވޭނެއެވެ. ގާތްގަނޑަކަށް 250000 ރުފިޔާ ހަރުދަވާ މިޕްރޮޖެކްޓަށް ބޭނުންވާ ފައިސާގެ %98 މިހާރުލިބިފައިވާ ކަމަށް ސްކޫލްބޯޑުން މަޢުލޫމާތުދެއެވެ.
މިޕްރޮޖެކްޓަށްބޭނުންވާ 16 ޕްރޮޖެކްޓަރ އާއި ހަރުކުރުމަށް ބޭނުންވާ ޔުނިވަރސަލް މައުންޓް އަދި މެނުއަލް ސްކްރީން މިހާރުވަނީ ގަނެފައެވެ. އަދި މޮޑެލްކްލާސްރޫމެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށްހަލުވިކަމާއެކު ކުރިއަށްއެބަދެއެވެ. މީދޫގެ ލޮބުވެތި ރައްޔަތުންނާއި ހެޔޮއެދޭ ބައެއްފަރާތްތަކުން މިޕްރޮޖެކްޓަށް ފައިސާގެ އެހީތެރިކަން ދެއްވާފައިވެއެވެ. ހުރިހާ ކްލާސްރޫމްތަކުގައި މަލްޓިމީޑިއާގެ ރިސޯސްތައް ބޭނުންކުރަންފެށުމުން މިހާރަށްވުރެ ކުދިންގެ ތަޢުލީމީ ފެންވަރު ރަންގަޅުވެ ޝައުގުވެރިކަމާއެކު ކުދިން ފިލާވަޅުގައި ބައިވެރިކުރެވޭނެކަމަށް ސްކޫލްބޯޑުން ދެކެއެވެ.